ހަނިމާދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހދ.ހަނިމާދޫ، ފޮޓޯ: ހަނިމާދޫ
ހދ.ހަނިމާދޫ، ފޮޓޯ: ހަނިމާދޫ

ހދ. ހަނިމާދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގައި ކުއްޔަށް ދިރިއުޅޭ މީހަކު ރޭ ކޮޓަރިއަށް ވަތް ފަހުން ހަބަރެއް ނުވެގެން މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓާއި ގުޅިގެން ފުލުހުން އެގެއަށް ގޮސް ކޮޓަރިއަށް ވަދެ ބެލިއިރު، އެއްވެސް ހަރަކާތެއް ނެތި އެނދުމަތީގައި މީހާ އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ހަރަކާތެއް ނެތި އެނދުމަތީގައި އޮތުމުން އެރަށު ހެލްތް ސެންޓަރަށް އެމީހާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެލްތް ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށާއި މަރުވެފައި ވަނީ ދިވެހި ފިރިހެނެއް ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ