މާލެއާއި ހުޅުމާލެއާ ދެމެދު އޮންނަ ހައިވޭގައި ސައިކަލް ދުއްވާފައި ދަނިކޮށް ކަހާލައިގެން ވެއްޓުނު މީހަކު މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ބުނީ، ހައިވޭގެ މާލޭއިން ހުޅުމާލޭއަށްދާ ފަޅީގައި ސައިކަލެއް ކަހާލައިގެން ވެއްޓި ފެންސްތަކުގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހެނދުނު 6:40 އެހާކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ މިހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު އެމީހާ މަރުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 67 އަހަރުގެ ސްރީލަންކާ މީހެކެވެ.


