އައްޑޫ ސިޓީގައި އިއްޔެއިން ފެށިގެން މަސްވެރިން ކުރަމުންދާ މުޒާހަރާ އާއި އެމީހުންގެ ކަންބޮޑުވުންތައް ގާތުން ބަލަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭ ކަމަށް ބުނެ މަސްވެރިންތަކެއް އައްޑޫ ސިޓީ ހުޅުމީދޫ ބަނދަރުގައި މުޒާހަރާ ކުރަމުންދާތާ 24 ގަޑިއިރު ވެއްޖެއެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ޝިޔާމް އެކްސްގައި ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި ކުރިޔަށްދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ދަނީ ވަރަށް ގާތުން ބަލަމުން އަޑުއަހަމުން ކަމަށެވެ. އަދި އެކަމުގައި މިފްކޯ އަދި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލު ވެސް ދަނީ ހިއްސާ ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަސްވެރިން ބުނަމުންދިޔައީ ސަރުކާރުން އެކަށީގެންވާ ޖަވާބެއް ނުދީފިނަމަ އައްޑޫ މަސްފެކްޓްރީގެ މަސައްކަތް ހުއްޓުވާނެ ކަމަށެވެ.
ސަރުކާރުން މީގެ ކުރިން ހާމަކުރި ގޮތުގައި މަސްވެރިންނަށް ނުދީ ބާކީހުރީ 80 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 46 މިލިއަން މި ފަހުން ވަނީ މަސްވެރިންނަށް ޖަމާކޮށްފައެވެ.
One Response
25 މިލިއަން ދީފަ އެބަ ކިޔައޭ 46 މިލިއަން އޭ ދިނީ😡
Comments are closed.