މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ކިރުވުމަށް ފަހު މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދީ އޮތެވެ. މި ސަރުކާރުން ވެރިކަމަށް އައީ، މަސްވެރިންނަށް މުހިންމު ގިނަ ވައުދުތަކާއެކުގައެވެ. އެންމެ ބޮޑު ވައުދަކީ މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިނަށް ފައިސާ ދޫކުރުމުގެ ވައުދެވެ.
މަސްވެރިންނަށް ގަވައިދުން ފައިސާ ދޫކުރުމަށް ބޮޑު ބެކްލޮގަކާއެކުވެސް މި ސަރުކާރުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. އެގޮތުން ސަރުކާރަށް މިވީ ހަތް މަހުގެ ތެރޭގައި ވަނީ 800 މިލިއަން މަސްވެރިންނަށް ދޫކޮށްފައެވެ. އެންމެ ފަހުން މަސްވެރިންނަށް ދޫކުރީ 46 މިލިއަނެވެ. ނަމަވެސް މިހާރުވެސް 50 މިލިއަން ރުފިޔާގެ ބެގްލޮގެއް އެބައޮތެވެ. އެއީ، މިފްކޯގެ ކޭޝްފްލޯގެ ތާށިކަމާވެސް އެކުގައެވެ.
މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫކުރަނީ، މިފްކޯއަށް ގަންނަ މަސް ވިއްކުމަށް ފަހުގައެވެ. މިފްކޯއިން މައިގަނޑުކޮށް އާމްދަނީ ހޯދަނީ ރޯމަހުގެ ގޮތުގައި ގަނޑުކުރި މަހުގެ ގޮތުގައި ކަޅުބިލަމަސް ތައިލެންޑަށް ވިއްކައިގެންނާ މަސް ޕްރޮސެސްކޮށް އަގުއެއްކުރި އުފެއްދުންތައް ރާއްޖެއާއި ރާއްޖޭން ބޭރުގެ އެހެން މާކެޓްތަކަށް ވިއްކައިގެންނެވެ. މިވަގުތު ތައިލެންޑުގައި އެއް ޓަނު މަހަށް ލިބެނީ 1250 ވަރަކަށް ޑޮލަރެވެ. މަސްވެރިން އަތުން މިފްކޯއިން މަސް ޓަނެއް ގަންނަމުންދަނީ 1297 ޑޮލަރަށެވެ.
ފާއިތުވި ދުވަސްތަކުގައި މަސްވެރިކަން ދަށްވުމުގެ ސަބަބުން ގަނޑުކުރި މަހުގެ ގޮތުގައި މަސް ބޭރުކުރާ މިންވަރުވެސް ވަނީ ދަށްވެފައިއެވެ. އެހެންކަމުން ގަނޑުކުރި މަސް ބޭރުކޮށްގެން މިފްކޯއަށް ލިބެމުން އަންނަ އާމްދަނީއަށްވެސް އަސަރުކުރާނެކަން ޔަގީނެވެ. މަސްވެރިން އަތުން ގަންނަ މަހުގެ ބޮޑު ބައެއް ގަނޑުކުރި މަހުގެ ގޮތުގައި ބޭރުކޮށްގެން ލިބޭ އާމްދަނީއަށް ބޮޑަށް ބަރޯސާވެފައިވާ ކުންފުންޏަކަށް މިފްކޯވުމުގެ ސަބަބުން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދިނުމުގައި ގޮންޖެހުންތަކާ މިފްކޯއިން ކުރިމަތިލާން ޖެހޭކަމީ މިއަދު ދެބަސް ނުވެވޭ ހަގީގަތެކެވެ.
މިހާރުވެސް ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެން ނުއަގުގައި މަސް ގަނެގެން ހިންގަމުން އަންނަ މިފްކޯއިން މަސްވެރިނަށް ފައިސާ ދޫނުކޮށްގެން އިއްޔެއިން ފެށިގެން އައްޑޫ ސިޓީގެ މަސްވެރިން މުޒާހަރާކުރަމުންދާއިރު، އީދު ބަންދުގެ ކުރިން ބެކްލޮގުން ބޮޑު ބައެއް ސަރުކާރުން ވަނީ ދައްކައިފައެވެ. ނަމަވެސް މިހާރު ގުނަމުންމިދާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުން މަސްވެރިންނަށް ފައިސާ ވަގުތުން ދޫކުރުމަކީ ބުއްދީގެ ނަޒަރުން ބަލާއިރު ކުރެވޭނެ ކަމެއް ނޫނެވެ.
މިހާރު ކުރަމުންދާ މުޒާހަރާއާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ މަސްވެރިންނާ ގާތުން ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
2 Responses
ކުރީގެ މައުމޫނު ސަރުކާރުގެހިކިކަޑުމަސް ބޭރުކުރިއުސޫލުން
ވިޔަފާރިވެރިންނައް ބޭރުކުރެވޭގޮތައް ހަދަންވީނޫންތޯ
އޭރުންސަކުވާކުޑަވާނެ މީއަޅުގަޑުގެހިޔާލު
ހުރިހާވެސް މައްލައަކީ ދިވެހި މަސްވެރިންނަކީ ސިޔާސީ މީހުނަށް ބަދަލުވުން
Comments are closed.