މަސްވެރިކަމާއި ގުޅޭ

img_md_202406220357231719053843.5615

ޑިމާންޑްތަކަށް ޖަވާބެއް ނުލިބޭނަމަ މިއަދު ހަވީރުން ފެށިގެން އައްޑޫ މަސް ފެކްޓަރީގެ ކޮންޓްރޯލް ނަގާނަން: މަސްވެރިން

މަސްވެރިންނާއި އޮޑިވެރިންގެ ޑިމާންޑްތަކަށް ޖަވާބެއް ނުލިބޭ ނަމަ މިއަދު ހަވީރުން 4:00 ފެށިގެން އައްޑޫ މަސް ފެކްޓަރީގެ ކޮންޓްރޯލް ނަގާނެކަމުގެ އިންޒާރު މަސްވެރިން ދީފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯގައި މަސްވެރިން ކުރަމުންދާ މުޒާހަރާއާ ގުޅޭގޮތުން މިިފްކޯއިން ބުނީ، މަސްވެރިންގެ މުޒާހަރާ ކުރިއަށް ދާތީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށާއި އެ ފެކްޓަރީ އޮޕަރޭޝަނަށް ގެނެވޭނެ އިރެއް ނޭނގޭ ކަމަށެވެ.

މިފްކޯއިން ބުނީ، މަސްވެރިންނާއި އޮޑިވެރިންގެ ޑިމާންޑްތަކަށް ސަރުކާރުން ޖަވާބެއް ނުދީފި ނަމަ މިއަދު ހަވީރު 4:00 ގެ ފަހުން އޭއެފްސީ އިން މުވައްޒަފުން ނެރެ އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް އެ ސައިޓް ގެންނާނެ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށެވެ.

"އިއްޔެގެ މުޒާހަރާގައި މަސްވެރިން ވަނީ ސްޓާފް ކެންޓީން ލޮކް ކޮށްފައި ހުއްޓާ ކުޑަދޮރުން ވަދެ، ތަނުގައި ހުރި ފޫޑް ސަޕްލައި ބޭނުން ކޮށްފައި، އަދި އެކޮމޮޑޭޝަން ބްލޮކްގެ ކަރަންޓު ކަނޑާލުމުގެ ސަބަބުން ރެއިން ފެށިގެން އޭއެފްސީ މުވައްޒަފުން ނިދަނީ ބޭރުގައި ސަތަރި އަޅައިގެން. އަދި މުވައްޒަފުންގެ ކެއިން ބުއިމާއި ފާހާނާ ކުރުން ފަދަ ޒަރޫރީ ބޭނުންތައް ވަނީ ނުފުއްދިފައި" މިފްކޯއިން ބުންޏެވެ.

މަސްވެރިންގެ ޑިމާންޑަކީ، އެކޮމޮޑޭޝަން، އެޑްމިން ބިލްޑިންގް، ކެފެޓީރިޔާއިން ކަރަންޓު ކަނޑާލާފައި ބެހެއްޓުން ކަމަށް މިފްކޯއިން ބުނެއެވެ.

މަސްވެރިންގެ އަނެއް ޑިމާންޑަކީ މިހާރު ނުދެވި ހުރި ފައިސާ ވަގުތުން ދިނުމާއެކު ކުރިއަށް އޮތްތަނުގައި 15 ދުވަހުން 15 ދުވަހުން ފައިސާ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން އެއްބަސްވުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Emeehun muzaaharaa ekuranee sarukaaru fundehga huri faisaa hoadhaakah nun. Emeehun buramasakkaiy koggen ethah hradhen koggen beynimahah vaa dharani hoadhan. Koba ladhu hayaaiy. Faisaa Dhiriulhumuge zarooree kankan nufudhdhey hisaabah dhiyaima goasves hedheyne.

Comments are closed.