IMG_5686

ޑުރަގު ހިފައިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށް އޭގެ ވިޔަފާރި ކުރާ މީހަކު ހައްޔަރުކޮށްފި

މަސްތިވާތަކެތި ހިފައިގެން އެއްރަށުން އަނެއް ރަށަށް ދަތރުކޮށް، އެތަކެތީގެ ވިޔަފާރި ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދ. ބަނޑިދޫ، އަށް ނިސްބަތްވާ އުމުރުން 64 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ އޭނާ އަތުން އަތުލައިގަތް މަސްތުވާތަކެތި ޓްރެފިކް މިންގަނޑަށް އަރާ ކަމަށެވެ. އަދި އޭނާ އަކީ ޑުރަގު ހިފައިގެން އެއް ރަށަށް އަނެއް ރަށަށް ދަތުރުކޮށް އެރތަކެތީގެ ވިޔަފާރި ކުރަމުންދާ މީހެއް ކަމަށްވެސް ތުހުމަތު ކުރާ ކަމަށް އަމުރުގައިވެއެވެ.

އެހެން ކަމުން އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެތީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!