މަސްވެރިކަމާއި ގުޅޭ

Sea Horse

ގއ. ކަނޑުހުޅުދޫ "ސީ ހޯސް 3"

ގއ.ކަނޑުހުޅުދޫ "ސީ ހޯސް 3" ދޯންޏަކީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން 2018 ވަނަ އަހަރު މަސްވެރިކަމަށް ނުކުތް ދޯންޏެކެވެ. މަސްފިނިކުރާ ނިޒާމް ނޫނީ މައިގަނޑު ހުރިހާ ވަސީލަތަކާއިއެކު ފަރުމާކޮށްފައިވާ މި ދޯންޏަކީ، ގއ ކަނޑުހުޅުދޫގައި ބަނދެ، ފަޅަށް ބޭލި ދޯންޏެކެވެ. މި ދޯނީގެ ފަޅުވެރިންގެ އަދަދަކީ 34ވެ. ދޯނި މަހަށް ދުއްވަން ފެށިފަހުން އެއްދުވަހުން އެންމެ ގިނަައިން ބާނާފައިވަނީ 14 ޓަނު މަހެވެ.

ސީ ހޯސް 3 ގެ ކެޔޮޅަކީ 2016 ވަނަ އަހަރު އެންމެ މޮޅު ކެޔޮޅުގެ މަގާމް ހޯދި، ގއ ކަނޑުހުޅުދޫ، ބޮންތި ރަޝީދު އަބްދުﷲ އެވެ.

ގުޅުންހުރި ލިޔުންތައް