މަސްވެރިކަމާއި ގުޅޭ

Screenshot 2024-06-23 070722

ކަނޑުގައި އުޅުނު އެންމެ ބޮޑު މިޔަރު، މެގެލަޑާންގެ ދަތެއް ފެނިއްޖެ

ކަނޑުގައި އުޅުނު އެންމެ ބޮޑު މިޔަރު، މެގެލަޑާންގެ ދަތެއް އެމެރިކާއިން ފެނިއްޖެއެވެ. އެމެރިކާގެ ފްލޮރިޑާގެ ބީޗަކުން މި ދަތް ފެނިފައިވަނީ ފޮސިލްސް ހޯދުމަށް އެ ސަރަހައްދަށް ގޮސް އުޅުނު އާއިލާއަކަށެވެ.

މި ދަތުގެ ބޮޑު މިނުގައި ހުރީ 6.5 އިންޗިއެވެ. މި ދަތް ނިސްބަތްވާ މިޔަރުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 60 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

ކަނޑުގައި އުޅުނު އެންމެ ބޮޑު އަދި އެންމެ ބާރުގަދަ މިޔަރުގެ ބާވަތް ކަމަށްވާ މެގެލަޑާން ޝާކް ދުނިޔޭގައި އުޅުނުކަމަށް ލަފާ ކުރެވެނީ މީގެ 15.9 މިލިއަން އަހަރު ކުރިންނެވެ. މެގެލަޑާންގެ މާނައަކީ ބޮޑެތި ދަތްތަކެވެ. މެގެލަޑާން ޝާކަކީވެސް އެއަށް ދެވިފައިވާ ނަން ފަދައިން ބޮޑެތި ތޫނު ދަތްތަކެއް ލާފައިހުންނަ މިޔަރުގެ ބާވަތެކެވެ. ގާތްކަނޑަކަށް 544 ދަތް އެކުލެވޭ މި މިޔަރުގެ ބޮޑުމިނުގައި 60 ފޫޓު ހުންނަކަމަށް ދިރާސާކުރާ ފަރާތް ތަކުން ބުނެއެވެ.

މި ބާވަތުގެ މިޔަރު ދުނިޔެއިން ނެތި ދިޔުމުގެ ސަބަބުތަކުގެތެރޭގައި މޫސުމަށް އައި ބަދަލުތަކާއި އެކު އެއަށް ކާނާ ލިބުމުގައި ހުރި ދަތިތައް ފާހަގަކޮށްލެވެއެވެ. އޭތި އާއްމުކޮށް ކައި އުޅެނީ ސީލްސް، ވެލާ، ބޮޑުމަސް، ސީ ކައުސް އަދި ކުދި މިޔަރާއި އެކި ބާވަތުގެ މަހެވެ. ސައިޒުގެ ގޮތުން ބޮޑުވުމުން މިޔަރުތައް ގިނައިން ކާން ޖެހެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!