ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް- ފޮޓޯ: ޕީޕީއެމް
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް- ފޮޓޯ: ޕީޕީއެމް

އިހުތިޖާޖުތަކަށް އަބަދުވެސް މަރުހަބާކިޔަން، ނަމަވެސް މުދަލަށް ގެއްލުން ދިނުން ބަލައެއް ނުގަންނަން: މިނިސްޓަރު

ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ދިނުން ބަލައި ނުގަންނަވާން ކަމަށާއި ނަމަވެސް މަސްވެރިން ކުރާ އިހުތިޖާޖުތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ, ޕީއެންސީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝިޔާމް ރޭ ވިދާޅުވީ، މިނިސްޓްރީން އެންމެ ހާއްސަ އިސްކަމެއް ދެނީ މަސްވެރިންނަށް ނުދެވިވާ ފައިސާ ދިނުމަށް ކަމަށާއި މި ހަފްތާއިވެސް ކުރާނެ އެންމެ މުހިންމު މަސައްކަތަކީ އެއީ ކަމަށެވެ. .

މަސްވެރިން ކުރަމުންދާ މުޒާހަރާއަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ, މަސްވެރިންނަށް ފިލައިގެން ނޫޅޭނެ ކަމަށާއި, އިހުތިޖާޖުތަކަށް އުނދަގޫ ނުކުރައްވާނެ ކަމަށެވެ. އަދި ނުރުހުންތެރިކަން ފާޅުނުކޮށް, އިހުތިޖާޖަށް މަރުހަބާ ކިޔާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ އިހުތިޖާޖަށް މަރުހަބާ ކިޔާނެ ބައެއް, އެކަމަކު ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކަށް. ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކަށް މަރުހަބާ ކިޔަނީ, ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދޭ ހިސާބަށް އިހުތިޖާޖުތަކުގައި ދާކަށް އެ ފުރުސަތެއް ނުދޭނެ," ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ، މުދަލަށް ގެއްލުންދީ, ރައްޔިތުންތަކެއްގެ ހައްގުތަކަށް އަރައިގަންނަ ހިސާބުން, މަސްވެރިން ކަމުގައި ވިޔަސް އަދި އެހެން ބައެއް ކަމަށް ވިޔަސް އެ ފުރުސަތު ނުދެއްވާނެކަަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވިއިރު, އިއްޔެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާކުރި މަސްވެރިން ވަނީ، އެތަނުގެ އޮޕަރޭޝަން ހުއްޓުމަކަށް ގެނެސް، ކަރަންޓު ކަނޑާލައި ކެންޓީން ފަޅާލައި އެތަނުން ކައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!