ފިޝަރީޒް މިނިސްޓަރު އަހުުމަދު ޝިޔާމް--
ފިޝަރީޒް މިނިސްޓަރު އަހުުމަދު ޝިޔާމް--

ތެލާއި އައިހުގެ ސަބްސިޑީ ހިމެނޭ ގޮތަށް މިހާތަނަށް މަސްވެރިންނަށް 933 މިލިއަން ރުފިޔާ ދޫކޮށްފި

ވެރިކަމާއި ހަވާލުވުމަށް ފަހު މިވީ މުއްދަތުގެ ތެރޭގައި ތެލާއި، އައިސްގެ ސަބްސިޑީ ހިމެނޭ ގޮތަށް މިހާތަނަށް މަސްވެރިންނަށް ޖުމްލަ 933 މިލިއަން ރުފިޔާ ދޫކޮށްފައިވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ، މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް މިފްކޯގެ ހުރި ގޯސްތައްވެސް ރަނގަޅު ކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އިންތިހާބާ ދިމާކޮށް 25 ރުފިޔާއަށް މަސް ގަތުމުގެ ސަބަބުން މަސްވެރިންނަށް ނުދީ އޮތް ފައިސާގެ ބޮޑު ބެލްޖޮގެއް މި ސަރުކާރު ހަވާލުވީއިރު އޮތް ކަމަށެވެ.

"މުޅި ޖުމްލަ މަސްވެރިން މި ސަރުކާރު 17 ނޮވެމްބަރު 2023 އިން ފެށިގެން މިއަދާއި ހިސާބަށް މަސްވެރިން ބޭނި މަހަށް ތެލުގެ ސަބްސިޑީއާއި ތެލުގެ ސަބްސިޑީއާއި އެކީގައި 933 މިލިއަން ރުފިޔާ މަސްވެރިންނަށްދީ ހަލާސްކޮށްފި.. އަޅުގަނޑު މިހާވަހަކަ ދެއްކީމާ ބައެއް ބޭފުޅުން މި ވިދާޅުވަނީ އެއީ ތިމަންނާމެން، ބޭނި މަހަކަށް ނޫން ހެއްޔޭ ތި ފައިސާ ތި ދެނީ. އެ ވާހަކަ ނުދައްކާށޭ. މި ވާޙަކަ ދައްކަން ޖެހޭ. މިއީ ރައްޔިތުންނަށް އެނގެން ޖެހޭ،، ދިވެހި ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ ސަބްސިޑީގެ ގޮތުގައި ދޭ ގޮތް ރައްޔިތުންނަށް އެނގެން ޖެހޭ" މިނިސްޓަރު ވިދާޅުޗިއެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ، މިފްކޯއަކީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ދޭ ކުންފުންޏަކަށް ހެދުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!