ރ. ދުވާފަރުގައި މަސް ކައްކާ ހިއްކާ މީހުންނާ ބައްދަލު ކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
ދުވާފަރު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން އެ މިއިދާރާއަށް ލިބިދޭ ބާރުގެ ދަށުން، ވަގުތީ ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
އެ ޤަވާޢިދުގެ ދަށުން ބިން ދޫކުރުމަށްޓަކައި އުސޫލު އެކުލަވައިލުމުގެ މަރުހަލާގައި، ކަމާގުޅޭ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ބޭނުންވާ ކަމަށާއި، އެހަންކަމުން އެފަދަ ފަރާތްތަކާއި އެކު ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ދުވާފަހު ކައުންސިލްގެ އިއުލާނުގައި ވެއެވެ.
އެހެންކަމުން އެރަށުގެ އެކި ބިންތަކުގައި މަސްކައްކާ ހިއްކުމަށާއި ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަގުތީ ބިން ދޫކުރުމަށް ކައުންސިލުން ބޭނުންވާތީ، ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި އެފަދަ ފަރާތްތަކުން ކައުންސިލް އިދާރާއަށް ހާޒިރު



