މަސްވެރިންނަށް ފައިސާ ދިނުމަށް ގޮވާލާ އެމްޑީޕީއިން ކުއްލި މައްސަލައެއް ހުށަހަޅައިފި

Masverin Masbaanany

މަސްވެރިންނަށް ފައިސާ ދިނުމަށް ގޮވާލައި އެމްޑީޕީގެ ފަރާތުން ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރުމަށް މަޖިލީހަށް ހާޒިރުވި 74 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން މެންބަރު އަހުމަދު ވިދާޅުވީ، މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި ނަމަވެސް އެ ފައިސާ ނުލިބި މަސްވެރިން ތިބީ ބިކަވެފައި ކަމަށެވެ.

"މިދިޔަ ހުކުރު ދުވަހުން ފެށިގެން އައްޑޫގެ 90 ޕަސެންޓު ގާތްގަނޑަކަށް 400 އެއްހާ އާއިލާ އަށް ނިސްބަތްވާ މަސްވެރިން އިހުތިޖާޖު ކޮށް ވައުދު ފުއްދުމަށް ގޮވާލަމުން ދޭ،" އަހުމަދު ދީދީ ވިދާޅުވި އެވެ.

އެ މައްސަލައިގައި އިތުރަށް ބުނީ، މަސްވެރިންގެ ހައްގު ހޯދަން ކުރާ އިހުތިޖާޖަށް ފލުހުން ހުރަސް ނޭޅުމަށެވެ. އަދި މަސްވެރިންނަށް ވަގުތުން ފައިސާ ދިނުމަށް އެ މައްސަލައިގައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ