އީދު މިސްކިތުން ފަންކަލެއް ވަގަށް ގެންދަނީ---
އީދު މިސްކިތުން ފަންކަލެއް ވަގަށް ގެންދަނީ---

ފަންކާ ވަގު އަތުލައިގަނެ، ބަންދަށް 15 ދުވަސް

މާލޭ އީދު މިސްކިތުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާފަންނުގައި ހުންނަ އީދު މިސްކިތުން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ދީފައެވެ.

މާލޭ މިސްކިތަކުން ވައްކަން ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް, ބަންދުކޮށްފައިވާއިރު, މިއަހަރުގެ މިހާތަަނަށް މާލޭ މިސްކިތްތަކުން ވައްކަން ކުރުމުގެ 21 މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މި މަހުގެ މިހާތަނަށް އީދު މިސްކިތުން އެކަނިވެސް ދިހަ ފަންކާ ވަގަށް ނަގާފައިވާ ކަމަށް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!