bea0a824-a3e5-4730-b84e-3e30d2b4f56d

އައްޑޫ މަސް ފެކްޓަރީގެ މުވައްޒަފުންނަށް އަދިވެސް ސައިޓަށް ނުވަދެވޭ، ބޭނުންކުރަނީ ވަގުތީ އެކޮމޮޑޭޝަނެއް!

އައްޑޫ މަސް ފެކްޓަރީގެ މުވައްޒަފުންނަށް އަދިވެސް ސައިޓަށް ނުވަދެވޭ ކަމަށާއި އެ މުވައްޒަފުން ބޭނުންކުރަނީ ވަގުތީ އެކޮމޮޑޭޝަނެއް ކަމަށް މިފްކޯއިން ބުނެފިއެވެ.

އައްޑޫ، ހުޅުމީދޫގައި ހުންނަ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އައްޑޫގެ މަސްވެރިން އިހުތިޖާޖު ކުރާތާ ވަނީ ތިން ދުވަސްވެފައެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ، އެ ސައިޓުން ކަރަންޓު ކަނޑާލައި، މުވައްޒަފުން ސައިޓުން ނެރެ ސައިޓުގެ އޮޕަރޭޝަން ހުއްޓުމަކަށް ގެނެސްފައެވެ. ނަމަވެސް ފުލުހުންގެ އެހީތެރިކަމާއެކު އިއްޔެ މެންދުރުފަހު ވަނީ ސައިޓަށް ކަރަންޓު ދީފައެވެ.

މިފްކޯއިން މިއަދު ބުނީ އޭއެފްސީގެ ބަނދަރުގައި މިހާރު އޮތީ 13 އުޅަނދު ކަމަށާއި ޑިމާންޑަކީ، މުވައްޒަފުން ސައިޓަށް ނުވަނުން ކަމަށެވެ.

"މިހާރު މުވައްޒަފުން ބޭނުންކުރަނީ ރަށުގައި ހުރި ވަގުތީ ބޯހިޔާވަހިކަމެއް" މިފްކޯއިން ބުންޏެވެ.

މަސްވެރިންގެ ޑިމާންޑަކީ، މަސްވެރިންނަށް ފައިސާ ދޫކުރެވޭނެ ގޮތުގެ ޕްލޭނެއް ލިޔުމުން ހިއްސާކުރުމާއެކު މިނިސްޓަރު އަހްމަދު ޝިޔާމް ނުވަތަ މިނިސްޓަރު ތަމްސީލުކުރާނެ ފަރާތެއް އައުމެވެ.

"ޖުމްލަ ގޮތެއްގައި ހާލަތު މިހާރު އޮތީ ރަނގަޅަށް، ނަމަވެސް އޮޕަރޭޝަން އަލުން ފަށައިފިނަމަ ހާލަތު ގޯސްވާނެ" މިފްކޯއިން ބުންޏެވެ.

މިފްކޯއިން އިތުރަށް ބުނީ، އޭއެފްސީގެ އޮޕަރޭޝަން އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!