ކަޅިރަވަ 3 ދޯންޏަކީ ޒުވާން މަސްވެރިންނާއި އެކު ފާނަ މަސްވެރިކަން ކުރާ ދޯންޏެކެވެ. ރާއްޖޭގެ އެންމެ ގިނައިން ފާނަ މަސްވެރިކަން ކުރާ އެއް ރަށް ކަމުގައިވާ ފ އަތޮޅު ބިލައްދޫގެ މަސްވެރިންނާއި އެކު ކޮންމެ ހަފްތާއަކު އެކި އަތޮޅުތަކަށް ދަތުރުކޮށް ފާނައިގެ މަސްވެރިކަން ކުރެއެވެ. ކަޅިރަވަ 3 ދޯނީގެ ސައިޒަކީ 62 ފޫޓެވެ. ފަޅުވެރިންގެ އަދަދަކީ 10 އެވެ. ދޯނީގެ ކެޔޮޅަކީ ފ ބިލައްދޫ ޑޭޒީ ވިލާ ސޮފާއިރު ލުތުފީ އެވެ.