ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިިޔާވެއްޖެއެވެ.
ބަކާ ނިޔާވިކަން އޭޑީކޭ ހޮސްޕިޓަލްްގައި ފަރުވާދެމުން ދަނިކޮށެވެ.
ބަކާގެ ހާލު ކުއްލިއަކަށް ސީރިއަސްވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުންނެވެ. ބަކާ ސައުދީ އަށް ދިޔައީ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުންނެވެ.
އޭޑީކޭ ހޮސްޕިޓަލްގައި ބަކާއަށް ފަރުވާ ދޭން ފަށާފައި ވަނީ ވެސް ރޭގެ ވަގުތެއްގައެވެ.
ބަކާއަކީ ރާއްޖެ އާއި ސްރީލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ބަކާ ފުޓްބޯޅަ ކެރިއަރު ފެށީ އައިލެންޑް އެފްސީންނެވެ.


