IMG_7484

ވަވައްޗަށް ލެއްގި ސޯމާލިޔާ މީހުން ހުޅުމާލޭ އިމިގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފި

ނ. ވަވައްޗަށް ލެއްގި ސޯމާލިޔާގެ 3 މީހުން ހުޅުމާލޭ އިމިގްރޭޝަން ފެސިލިޓީއާ ޙަވާލުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ޑިންގީއެއްގައި ދަތުރުކުރަނިކޮށް މި 3 މީހުން ވަވައްޗަށް ލައްގާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެމީހުން މިހާތަނަށް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ވަވަތީގައެވެ. އަދި މިހާރު މި 3 މީހުން ހުޅުމާލޭ އިމިގްރޭޝަން ފެސިލިޓީއާ ޙަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް މިކަމާގުޅޭ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމަކުރައްވާފައެއްނުވެއެވެ.

ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ވަވައްޗަކީ ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓާއި ކައިރިން އޮންނަ ފަޅު ރަށެކެވެ.

މީގެކުރިންވެސް ސޯމާލިޔާއަށް ނިސްބަތްވާ މީހުން ޑިންގީތަކުގައި ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!