ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ޖަޕާނުން ރާއްޖޭގެ ހުރިހާ ރަށަކަށް ފެން ހިންދާ ޕަންޕު ހަދިޔާ ކުރަނީ

ރާއްޖޭގެ ހުރިހާ ރަށަކަށް ފެންހިންދާ ޕަމްޕު ހޯދުމަށް ޖަޕާނު ސަރުކާރާ ގުޅިގެން މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން މިފަދައިން ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

ޑިޒސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހުސައިން ވިދާޅިވީ، ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ އެކިއެކި އާލާތްތައް ހޯދުމަށް ޖަޕާނު ސަރުކާރާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އަންނަ އަހަރުގެ ކުރީކޮޅު އެ ތަކެތި ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށަކަށް ފެން ހިންދާ ޕަމްޕު ހަދިޔާ ކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން މި މަޝްރޫއުގެ ދަށުން ހޯދުމަށް ހަމަޖެހިފައިވާ ތަކެއްޗަކީ:-

  • މާލެ ސިޓީ ކައުންސިލަށް ހޯދުމަށް މަސަކަތްކުރާ ފްލަޑް ޕަމްޕް
  • 40 ފަޔަރ ފައިޓިންގް ޕަމްޕް
  • ފަޔާ ފައިޓިންގް 4 ވެހިކަލް

ހިސާން ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން60 މިލިއަން ޔެންގެ ތަކެތި ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދޭނެއެވެ. އަދި އެ ތަކެތި އަންނަ އަހަރުގެ ކުރީކޮޅު ލިބޭނެ ކަމަށް ޖަޕާނު ސަރުކާރުން އަންގާފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!