މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މާލެ ސިޓީ ލައުންސިލް
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މާލެ ސިޓީ ލައުންސިލް

މާލޭގެ މަގަކަށް 'ފަލަސްތީނު ހިނގުން' ކިޔަނީ

މާލޭގެ މަގަކަށް 'ފަލަސްތީނު ހިނގުން' ކިޔަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން މިއަދު ބުނީ، މާލޭގެ ނަންނުދީ އޮތް ދެ މަގުގެ ތެރެއިން އެއްމަގަށް ފަލަސްތީނާ ގުޅުވައި ނަމެއް ދިނުމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ހުށައެޅުއްވީ، މޭ މަހުގެ ފަހުކޮޅު، ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 146 ވަނަ ރަސްމީ އާންމު ޖަލްސާގައި ކަމަށެވެ.

އަދި މިއަދު ބޭއްވި ހަތަރުވަނަ ދައުރުގެ 151 ވަނަ ރަސްމީ އާންމު ޖަލްސާގައި، ނަން ކިޔާނެ މަގަކާއި އަދި އެމަގައް ކިޔާނެ ނަމެއް ކަނޑައަޅާފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

އެގޮތުން، ކިޔަން ނިންމާފައި ވަނީ “ފަލަސްތީނު ހިނގުން"އެވެ. އެ ނަން ކިޔާނީ މާފަންނު މަދަރުސާ ބިތްދޮށުގައި އޮންނަ، ކޮރަލް ބޮއުލްވާޑްގެ ދެކުނަށް އޮންނަމަގަށެވެ.

ނަމަވެސް މަގަށް ނަންކިޔާނެ ތާރީހެއް އަދި ނުނިންމާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން އެ ކައުންސިލުން ބުނީ، މަގަށް ކިޔާނެ ނަން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!