ދިވެހި ފުލުހުންގެ ޚިދުމަތުން ގާއިމުކުރުމަށް ހަމަޖެހިފައިވާ އެންޓި ސްކޭމް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މީޑިއާތަކާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި، އެންޓި ސްކޭމް ސެންޓަރު ގާއިމުކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މި ސެންޓަރު ހިންގާނެ ގޮތާއި ރާއްޖޭގައި ސްކޭމްގެ މިހާރުގެ ހާލަތު އޮތް ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ސްކޭމްގެ ޝިކާރައަށްވާ މީހުންނާއި އެ ފަދަ މައްސަލަތައް މަދުކުރުމުގައި މީޑިއާތަކުގެ ދައުރާއި މީޑިއާތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓު އަދި ޕޮލިސް މީޑީއާ ސެންޓަރުގެ އިތުރުން ބައެއް މީޑިއާތަކުން ބައިވެރިވިއެވެ.


