ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުސިޔާސީ ވިސްނުންފުޅަށްވުރެ ގައުމީ ވިސްނުންފުޅު އިސްކުރައްވާކަމީ ރައްޔިތުންނަށް އޮއް އެންމެ ބޮޑު އުންމީދު ކަމަށް ފިޝަެީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ތަނުގައި އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހއްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
ޝިޔާމް ވިދާޅުވީ، ދިވެހި ރާއްޖެ ވައްޓާލާފައި އޮތް އިގުތިސާދީ ފުން އަނދަވަޅުން ސަލާމަތްކޮށް ދިވެހީންގެ މުސްތަގުބަލައްޓައި ރައީސް ނިންމަވާ ނިންމެވުނތަކަކީ ސިޔާސީ ލީޑަރުން ފަސްޖެހޭ ނިންމުންތަކެއް ނޫން ކަމަށެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި އަޅުއްވާނެ ބައެއް ފިޔަވަޅުތައް ފާހަގަކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ސަރުކާރުން އެކި އެކި މުބާސަބަތު ތަކާއި ގުޅިގެން ބާއްވާ ހަރަކާތްތަށް މަދުކޮށް ރިކަރަންޓު ހަރަދު ކުޑަ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން ސިޔާސީ މަގާމުތައް މަދު ކުރުމާއި މިނިވަން ދުވަހާއި ގުޅިގެން ބޭއްވުމަށް ރާވާފައިވާ ފުޅނަދު ބުރުގެ ހަރާކާތްތަށް ނުބޭއްވުމަށް އަންގާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


