IMG_8398

ޔަންމާ މެރިން އިންޖީނަށް 50 އަހަރު ފުރުމާ ދިމާކޮށް ހިންގާ ހަރަކާތްތައް ވަޒީރާ ހިއްސާކޮށްފި

ޔަންމާ މެރިން އިންޖީނަށް 50 އަހަރު ފުރުމާ ދިމާކޮށް ހިންގާ ހަރަކާތްތައް ވަޒީރު އަޙްމަދު ޝިޔާމްއާ ހިއްސާކޮށްފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ފިޝަރީޒް މިނިސްޓްރީގަ އެވެ. މި ބައްދަލުކުރެއްވުމުގައި ޔަންމާ މެރިން އިންޖީނު ރާއްޖާގައި ބޭނުންކުރާތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތައް އެމްޓީސީސީގެ ބޭފުޅުން ވަޒީރާ ހިއްސާކުރެއްވިއެވެ.

އެގޮތުން އޮޑިވެރިންގެ ފޯރަމެއް ބޭއްވުމާއި، ބިލްޑިންގ ކޯޑާއި ގުޅޭގޮތުން މަސްވެރިންނަށް މައުލޫމާތު ދިނުމާއި، މެރިން ސޭފްޓީ ސެޝަންތައް ބޭއްވުމާ މަސްވެރިންނަށް އިންޝޫރެންސާއި ލޯނު ފެސިލިޓީގެ މައުލޫމާތު ސެޝަން ކުރިއަށް ގެންދިއުން ހިމެނެއެވެ.

މީގެ އިތުރުން އެ އެމިނިސްޓްރީން ކުރިއަށް ގެންދަން ބޭނުންވާ ހަރަކާތްތަކަށް ފުރުސަތު ދެއްވާނެކަމަށްވެސް އެމްޓީސީސީގެ ޓީމުން ވިދާޅުވިއެވެ. މަސްވެރި ވުޒާރާއިން އެދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތަކަށް އެއްބާރުލުން ދެއްވާނެކަމަށް މިނިސްޓަރ ޝިޔާމު ވިދާޅުވިއެވެ. އަދި ވުޒާރާއިން ކުރިއަށް ގެންދާނެ ހަރަކާތްތައް މަޝްވަރާކުރެއްވުމަށް އެމްޓީސީސީ ޓީމާ ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މަސްވެރިކަން ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފަސްވަނަ ޖީލުގެ މަސްދޯނި ޑިޒައިންކޮށް ބަނުމުގެ  މަރުހަލާގައި އެމްޓީސީސީއާ ޔަންމާގެ ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭ މަޝްވަރާވެސް ކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!