e8589beb-c20f-485b-9da2-b4b8c10beec6

ފިޔޯރީ މަސްފެކްޓްރީ އެޅުމަށް ހަވާލުކޮށްފައިވާ ކުންފުންޏާއި މިނިސްޓްރީގެ ޓީމެއް އެރަށަށް!

ފިޔޯރީގައި  މަސްފެކްޓްރީއެއް އެޅުމަށް ހަވާލުކޮށްފައިވާ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް ކޮމްޕެނީއާ ފިޝަރީޒް  މިނިސްޓްރީ ޓްރީ ޓީމެއް ފިޔޯރީއަށް ޒިޔާރަތްކޮށް މަސްފެކްޓަރީ އަޅާ ސަރަހައްދު ބައްލަވާލައްވައިފިއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފިޔޯރީއަށް ކުރި މި ދަތުރުގައި ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްޠަލިބުގެ އިތުރުން ވުޒާރާގެ ފަންނީ ބޭފުޅުންނާއި ޑޮންފަންގް ކުންފުނީގެ ފަންނީ ބޭފުޅުންގެ ޓީމެއްވަނީ ބައިވެރިވެފައެވެ.

މި ދަތުރެގެ މައިގަނޑު ބޭނުކަމީ ފިޔޯރީގައި އެޅުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ފެކްޓަރީ އަޅާ ސަރަހައްދުގެ އެސެސްމަންޓު ހެދުމާއި މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ދެނެގަތުމެވެ.

ފިޔޯރީގައި އަޅަން އިޢުލުކޮށްފައިވަނީ 3000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލަކު 100 ޓަނު ޕްރޮސެސް ކުރެވޭ މަސް ކާރުޚާނާއެކެވެ. މިއީ ދެކުނުގެ މަސްވެރިކަން އިތުރައް ތަރައްގީކޮށް މަސްކިރުމުގައި މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން  އަލަށް އެޅުމަށް އިޢުލާނުކޮށްފައިވާ މަސް ފެކްޓަރީއެކެވެ.

ދިވެހިރާއްޖެއިން ބާނާ މަސް ދިވެހިރާއްޖޭގައި ޕްރޮސެސް ކުރުމަށްޓަކައި، ތިން ރަށެއްގައި މަސް ޕްރޮސެސިންގް ޕްލާންޓް ގާއިމު ކުރަން ޗައިނާގެ ޑޮންފަންގް ކުންފުންޏާއެކު އެމްއޯޔޫގައި ސޮއިކޮށްފައިވަނީ 14 އެޕްރީލް 2024ވަނަ ދުވަހުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!