އޮޔާދިޔަ ފުޅިއެއް ބޮއިގެން ލަންކާގެ މަސްވެރިންތަކެއް މަރުވެ، އަނެއް ބައި މީހުންގެ ހާލު ސީރިއަސްވެއްޖެ

1719659666-BOAT-6

އޮޔާ ދަނިކޮށް ފެނުނު ފުޅިއެއް ބޮއިގެން ސްރީ ލަންކާގެ މަސްވެރީންތަކެއް މަރުވެއްޖެއެވެ.

ލަންކާގެ ނޭވީން ވަނީ އެ ގައުމުގެ މަސްވެރިންތަކަކަށް ހޮނިހިރު ދުވަހު ކަނޑުމަތިން ފެނުނު ފުޅިއެއް އެއީ ބަނގުރާ ކަމަށް ބަލައި އެ ބުއިމުގެ ސަބަބުން މަރުވި މަސްވެރީންގެ އަދަދު މިހާތަނަށް ތިނަކަށް އަރާފައިވާކަމަށް ބުނެފައެވެ.

ނޭވީން ބުނި ގޮތުގައި "ޑެވޮން" ނަމަކަށް ކިޔާ އެ ބޯޓުން ހަ މަސްވެރިން ދަތުރުކުރި އެ ބޯޓުން ދަތުރު ކުރި އަނެއް ތިން މީހުންގެ ހާލުވެސް ސީރިއަސްއެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް ފިޝަރީސް އެންޑް އެކުއާޓިކް ރިސޯސަސްގެ ޑިރެކްޓަރު ޖެނެރަލް ވިދާޅުވީ އެ މަސްވެރިން މަރުވީ، ކަނޑުމަތިން ފެނުނު ފުޅިއެއް ބޮއިގެން ކަމަށާއި އެ މަސްވެރިން ބަލިވާން ފަށާފައިވަނީ ކަނޑުމަތީގައި ތިއްބައި ކަމަށެވެ.

ކަމާ ބެހޭ ފަރާތްތަކުން މިހާރު އަންނަނީ އެ ފުޅީގައި ހުރީ ކޮން ބާވަތެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ