ފަންގަނޑު ހިބަރަކީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގ،ެ ދުނިޔޭގެ ދެބައިހަމަ (އީކުއޭޓަރ) ސަރަޙައްދުގެ ހޫނު ކަނޑުތަކުންނާއި މެދުމިންވަރަކަށް ހޫނު ސަރަޙައްދުތަކުން ފެންނަ މަހެކެވެ.
މިބާވަތުގެ މަސް އާންމުކޮށް އުޅެނީ ބައްރުތަކުގެ އައްސޭރިފަށާއ،ި ރަށްރަށާއި ފަރުތަކާ މާ ދުރުނޫން ހިސާބުތަކުގައ،ި 200 މީޓަރު ފުނުގައެވެ. އިންޑިއާ
ކަނޑުގައި ފަންގަނޑު ހިބަރުގެ އާބާދީ ބެހިފައިވާ ގޮތުގެ ތަފުސީލު އެއްކޮށް ހޯދިފައި ނުވިނަމަވެސް ބައެއް ސަރަޙައްދުތަކުގައި މައިކަނޑުގެ އާބާދީއާ ގުޅުމެއްނެތި ދަރިމައިވާ އާބާދީތަކެއް އުޅޭ ކަމަށް ބެލެވެއެވެ.
މިގޮތުން، އިންޑިއާ ކަނޑުގެ މައި އާބާދީއާ ގުޅުމެއް ނެތް، ނުވަތަ ވަރަށް ކުޑަ މިންވަރަކަށް ދެ އާބާދީގެ މެދުގައި މަސް ބަދަލުވާ އާބާދީއެއް، ޕަރޝިއަން ގަލްފްގެ ތެރެއިން ރިޕޯޓުކުރެވިފައިވެއެވެ.
މި އާބާދީގެ އިތުރުން، މިގޮތަށް ވަކިވެފައިވާ އާބާދީއެއް އިންޑިއާ ކަނޑުގައި ވާކަމަށް ހޯދިފައެއް ނުވެއެވެ.
ކާނާ އާއި ކެއުމުގެ ވައްޓަފާޅި:
ފަންގަނޑު ހިބަރަކީ އޭގެ މަތީ ކޮތަރިބައި (ފަންގަނޑު) ބޭނުންކޮށްގެން މިޔަރެމުގެ ބާވަތްތައް އަދި ގުންބަޅަ ފަދަ އައިން ހަދައިގެން އުޅޭ ކުދިމަހުގެ އައިންތައް ލަވައި އެއްކުރުމަށްފަހު އައިނަށް ހަމަލާދޭ މަހެކެވެ. މިބާވަތުގެ ކުދި މަހުގެ އިތުރުން ބޯވަ އާއި ބޯވަދިލަމަހުގެ ބާވަތްތައްވެސް ފަންގަނޑު ހިބަރުގެ ކާނާގެ ތެރޭގައި ހިމެނެއެވެ.
ބޮޑުވާ މިންވަރާއި ފުރާވަރަށް އަރާ އުމުރު:
ފަންގަނޑު ހިބަރަކީ ހިބަރު އާއިލާގެ ބާވަތްތަކަށް ބަލާއިރު ނިސްބަތުން ކުޑ،ަ އެހެންނަމަވެސް އަވަހަށް ބޮޑުވާ މަހެކެވެ.
މިބާވަތުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ކަމަށް ރިކޯޑުކުރެވިފައިވާ މަހުގެ ދިގުމިނުގައި 348 ސެންޓިމީޓަރު (11 ފޫޓު) ހުރިކަމަށްވެއެވެ. އަދި މިހާތަނަށް ދުނިޔޭގައި މިބާވަތުގެ އެންމެ ބަރު މަހަކަށް ރިކޯޑުކުރެވިފައިވަނީ 100.2 ކިލޯގެ މަހެކެވެ.
ފަންގަނޑު ހިބަރާގުޅޭ ގޮތުން ލިޔެފައިވާ އެކިއެކި ލިޔުންތަކުން ދައްކާގޮތުގައި ފަންގަނޑު ހިބަރުގެ އެންމެ ދިގު އުމުރަކީ ތޭރަ އަހަރެވެ. ފަންގަނޑު ހިބަރު
ފުރާވަރަށް އަރާ ކަމަށް ރިޕޯޓުކޮށްފައިވަނީ 203 ސެންޓިމީޓަރާއި 210 ސެންޓިމީޓަރާ ދެމެދުގެ ދިގުމިނަކަށް (ގާތްގަނޑަކަށް 7 ފޫޓަށް) ބޮޑުވުމުންނެވެ.