ހުޅަނގު މޫސުމުގެ ހަ ވަނަ ނަކަތް ކަމުގައިވާ "އަދަ" ނަކަތް ނިމި، ހަތްވަނަ ނަކަތް "ފުނޯސް" ފެށިއްޖެއެވެ.
ހުޅަނގު މޫސުމުގެ 7 ވަނަ ނަކަތް ކުރިއަށްދާނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހަށެވެ. މި ނަކަތް ކުރިއަށްދާނީ 14 ދުވަހަށެވެ.
މިއީ ހުޅަނގުމޫސުމުގެ ހަތްވަނަ ނަކަތެވެ. މިއީ ވަރަށް ގިނަ ކޮޅިގަނޑުތައް ނަގާ ނަކަތެކެވެ. ވައިބާރުވެފައި ކަނޑުތައް ޢާންމުގޮތެއްގައި ގަދަވާނެއެވެ. ވައި ހުންނާނީ ސީދާ ހުޅަނގުގައެވެ. ކުއްލިއަކަށް ވައިބާރުވުމަކީ މި ނަކަތުގައި ވަރަށް ގިނައިން ވާގޮތެކެވެ. ވައިޖެހޭ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 18.52 ކިލޯމީޓަރ ބާރުމިނުގައެވެ. ޢާންމުގޮތެއްގައި 2.41 އިންޗިއަށް ވާރޭ ވެހޭނެއެވެ. އަވިދޭ ވަގުތުގެ ދިގުމިން އުޅޭނީ 102.9 ގަޑިއިރެވެ. މި ނަކަތުގައި މަސްވެރިކަން އާދައިގެ ވަރަކަށް ރަނގަޅުވާނެއެވެ.
18 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު 'ރޭވަ' ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.
ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:
1. އައްސިދަ
2. ބުރުނު
3. ކެތި
4. ރޯނު
5. މިއަހެލި
6. އަދަ
7. ފުނޯސް
8. ފުސް
9. އަހުލިހަ
10. މާ
11. ފުރަ
12. އުތުރަ
13. އަތަ
14. ހިތަ
15. ހެއި
16. ވިހާ
17. ނޮރަ
18. ދޮށަ މިއެވެ.



