ށ.ފޭދޫގައި އައިސް ލިބެން ނެތުމުން ފަރުމަސް ވެރިންނަށް އައިސް ޕްލާންޓެއް އެޅުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ އެހީތެރިކަމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ.
ކައުންސިލުން މިގޮތަށް އެދިފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި އެކު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.
ށ. ފޭދޫ ކައުންސިލުން ވަޒީރު އަޙްމަދު ޝިޔާމްއާ ބައްދަލުކުރައްވައި މަސްވެރިކަމުގެ ދާއިރާއިން ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެތެރޭގައި ށ.ފޭދޫ ޒުވާނުންގެ ވަރަށް ބޮޑު އެދުމެއް ކަމުގައިވާ ވަދު ކަނދުފަތި އަޅައިދިނުމާ ށ.ފޭދޫގައި އައިސް ލިބެން ނެތުމުން ފަރުމަސް ވެރިންނަށް އައިސް ޕްލާންޓެއް އެޅުމަށް ވުޒާރާގެ އެހީތެރިކަމަށް ކައުންސިލުންވަނީ އެދިފައެވެ.



