ގއ. މާމެންދޫ، ފޮޓޯ- މާމެންދޫ ކައުންސިލް
ގއ. މާމެންދޫ، ފޮޓޯ- މާމެންދޫ ކައުންސިލް

ގއ.މާމެންދޫ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިކުރުމަށް ބިމެއް ދޫކުރަނީ

ގއ. މާމެންދޫ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރިކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

މާމެންދޫ ކައުންސިލުން ބުނީ އެރަށު ބަނދަރު ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ ބިމެއްކަމަށެވެ. އަދި މި ބިން  ދޫކުރާނީ 15 އަހަރުދުވަހުގެ މުއްދަތަކަށް ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަން ކަރުދާސް ގަތުމަށްފަހު 2024 ޖުލައި 14 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އައިސް ބީލަން ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ބީލަން ކަރުދާސް ވިއްކާ އަގަކީ 2,000/-ރ (ދެހާސް ރުފިޔާ) އެވެ. ބީލަން ކަރުދާސް 2024 ޖުލައި 01 ވާ ހޯމަ ދުވަހުން ފެށިގެން 2024 ޖުލައި 09 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ ޖުލައި 14ވަނަ ދުވަހުގެ މެންދުރު 13:00ގައި މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!