މި ފެށުނު ހަފްތާގެ ތެރޭގައި މަސް ގަތުމަށް މިފްކޯއިން ކަނޑައަޅާފައިވާ އަގުތައް ދާދި ދެންމެއަކު ހާމަކޮށްފި އެވެ.
މާދަމާއިން ފެށިގެން ކޮންމެ ހަފްތާއަކު މަސް ގަންނަ އަގު މުރާޖާ ކުރުމަށް ނިންމާފައިވާއިރު މިއީ މިފްކޯއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތައް ހައްލު ކުރުމަށް ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
ފިނިކުރި މަސް ގަންނަ އަގު:
1.5 ކިލޯއަށް ވުރެ ބަރު މަސް - ކިލޯއަކަށް 16ރ.
1.5 ކިލޯ ހަމަނުވާ މަސް - ކިލޯއަކަށް 7ރ.
ފިނިނުކުރާ ނުކުރާ މަސް ގަންނަ އަގު
1.5 ކިލޯއަށް ވުރެ ބަރު މަސް - ކިލޯއަކަށް 14ރ.
1.5 ކިލޯ ހަމަނުވާ މަސް - ކިލޯއަކަށް 5ރ.
މިފްކޯއިން ވަނީ މަސްވެރިންނަށް މާދަމާ ފައިސާ ދޫކުރާނެ ކަމަށްވެސް މިއަދު ބުނެފައެވެ. މިހާރު މިފްކޯއިން މަސް ގަންނަމުން އަންނަނީ 20 ރުފިޔާއަށެވެ.