ގިނަ އަދަދެއްގެ ބަނގުރަލާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގިނަ އަދަދެއްގެ ބަނގުރާ ހުޅުމާލެއިން ފެނިފައިވާ ކަމަސެވެ.
ޝިފާން ވިދާޅުވީ ބަނގުރާ ކަމަށް ޝައްކުކުރެވޭ 150 ފުޅިއާއި ގިނަ އަދަދެއްގެ ފައިސާއާއެކު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ހައްޔަރުކުރި މީހުންގެ އެއްވެސް ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ހޯދާފައިވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއްވެސް ޝިފާން ހާމަކޮށްފައެއް ނުވެއެވެ.


