މަސްގަންނަ އަގަށް ގެނެވުނު ބަދަލާ އެކު ތެލުގެ އަގު ހެޔޮކުރަން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ގޮވާލައިފިއެވެ.
މަސްވެރިންގެ އަތުން ދެން މަސްގަންނަމުންދަނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގެއްގައިކަމަށް މިފްކޯއިންބުނެފައި ވަނީ އިއްޔެއެވެ.
އެކަމާ ގުޅިގެން ބީކޭއެމްޔޫއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މިފްކޯ ހިންގުމުގައި ހިޔާނާތްތެރިވިކަމަށް ތުހުމަތުކޮށް، ވެރިންނަނަށް ފިޔަވަޅު އަޅަން ގޮވާލާފައެވެ.
އޭގެ އިތުރުން ބީކޭއެމްޔޫއިން ބުނީ، މިފްކޯ ދަރަނިވެ މަސްވެރިޔާ އަށް ލިބޭ އާމްދަނީ ދައްކުރީ ވެރިންގެ އިހުމާލުން ކަމަށެވެ.
"މަސްގަންނަ އަގަށް ގެނެވުނު ބަދަލާއި އެކު ތެލުގެ އަގު ހެޔޮކުރަން ސަރުކާރަށް ގޮވާލަން!" ބީކޭއެމްޔޫއިން ބުންޏެވެ.
މިފްކޯއިން އިއްޔެ ބުނެފައިވާ ގޮތުގައި، މަސް ގަންނަ އަގަށް ބަދަލު ގެންނަން ނިންމީ، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކަމަށެވެ.
މިފްކޯއިން ބުނީ މިފްކޯއަށް މަސް ގަންނަ އަގު ކޮންމެ ހަފްތާއަކު އާއްމުކޮށް އިޢުލާންކުރަމުންގެންދާނެކަމަށެވެ.
މިފްކޯއިން ބުނީ މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫންކަމަށެވެ.
މިފްކޯއިން ބައިނަލްއަގްވާމީ ބާޒާރުގައި މަސްވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައެވެ.




2 Responses
balaga mithiba beethaainney bayaku genesgen vikkaa ehcheh vikkaanee ganna meehun bunaa agakah nun
މިގައުމުގަ އެއްޗެއް ވިއްކާނެކަމެއްނެތް ހިލޭދޭންވި ތެޔޮވެސް ދެންހުރި އެއްޗެއްވެސް މި ނޫނިނެތް މަސްވެރިކަން ކުރާބައެއް އުޅޭ ގައުމެއް