2ceb9d94-71ce-4cb5-b4f1-d9b414577a72

އެގްރިކަލްޗަރ ސެންސަސްއަށް ތައްޔާރުވުމަށް ޓްރެއިނިންގް ޕްރޮގްރާމެއް ބާއްވަނީ

ދަނޑުވެރިކަމުގައި ހިއްސާވާ ފަރާތްތަކާއި ގުޅޭގޮތުން މައުލޫމާތު އެއްކޮށް ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ ސެންސަސް ޓްރެއިނިން ޕްރޮގުރާމެއް ބާއްވަން އެގްރިކަލްޗާ މިނިސްޓްރީން ތައްޔާރުވެއްޖެއވެ.

މިއީ މިފަދަ ޕްރޮގުރާމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ މި ޕްރޮހުރާމަކީ ތިން ދުވަހުގެ މުއްދަތަށް އެފް.އޭ.އޯގެ އެހީގައި ހިނގުމަށް ނިންމާފައިވާ ޕްރޮގުރާމެއް ކަމަށެވެ.

މި ޓްރެއިނިންގް ޕްރޮގުރާމުގައި ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާގެ އިތުރުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިންނަވައެވެ.

ދަނޑުވެރިކަމުގެ ސެންސަސްއަށް ބޭނުންވާ މައުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ މިވަގުތު ރަށު ކައުންސިލްތަކުގައި ރަޖިސްޓްރީ ކުރައްވައިގެން ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންނެވެ.

އެގޮތުން ސެންސަސްގެ އަމަލީ މަސައްކަތް ޖުލައި މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!