ފިޝަރީޒް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މިނިސްޓޤރީ
ފިޝަރީޒް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މިނިސްޓޤރީ

ކޮލެޓީ ދަށް މަސް މިފްކޯއިން ދެން ނުގަންނާނެ

ކޮލެޓީ ދަށް މަސް ނުގަތުމަށް މިފްކޯއިން ނިންމައިފިއެވެ.

މިފްކޯ އިން މިފަދައިން ނިންމާފައި މިވަނީ، މަސް ގަތުމުގެ އަގަށް އަންނަ މުހިންމު ބަދަލާ ގުޅޭ މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ އޮޕަރޭޝަނަލް އެފިޝަންސީ އިތުރުކުރުމާއި، ސަރުކާރުގެ ސަބްސިޑީތައް މަދުކުރުމާއި، މަސްވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރައްވާފައެވެ.

އޭގެ އިތުރުން މި ބައްދަލުވުމުގައި ވަނީ، ރިޖެކްޓް މަސް މަދުކުރުމަށް މަހުގެ ކޮލިޓީ ޗެކްކުރުން މިހާރަށްވުރެ ބޮޑަށް މިފްކޯއިން ބަލަން ފެށުމާއި ކޮލިޓީދަށް މަސް ގަތުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށްވެސް ނިންމާފައެވެ.

މަސްވެރިންގެ އަތުން ދެން މަސްގަންނަމުންދަނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގެއްގައިކަމަށް މިފްކޯއިން ނިންމާފައި ވަނީ އިއްޔެއެވެ.

މި ބަދަލު ގެނައުމަށް ނިންމީ މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކަމަށް އެކުންފުންނިން ހާމަކުރެއެވެ.

މިފްކޯއިން ބުނީ މިފްކޯއަށް މަސް ގަންނަ އަގު ކޮންމެ ހަފްތާއަކު އާއްމުކޮށް އިޢުލާންކުރަމުންގެންދާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. mifco in abadhuv3s gathee emeehun beynunvaa kolitee mas emeehun beynunvaa agah. Kolitee beleeves emeehun. Mahuge aguhedheeves emeehun. Massala akee kolitee aa agaa gulhun huri kameh noon. Kiraamahah dheenuga oiygothah dhaa nuhikenee faisaa nudhevey massala..