308996_3_9f93cfc7b343b9e6ba8664639e0cece49e4755e8_large

އިންނަމާދޫގައި އޮޑިދޯނިފަހަރު ބަނުމަށް ބިމެއް ދޫކުރަނީ

ރ. އިންނަމާދޫގެ ސިނާއީ މަސައްކަތްކުރާ ސަރަހައްދުން އޮޑިދޯނިފަހަރު ބަނުމާއި މަރާމާތްކުރުމަށް އަދި ސިނާއީ މަސައްކަތް ކުރުމަށް ދޫކުރުމަށް ކުއްޔަށް ބިން ނެގުމަށް ޝައުގުވެރިވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އިންނަމާދޫ ހުޅަނގު ދެކުނުގައި އޮންނަ މި ބިމުގެ ބޮޑުމިނަކީ 50 ފޫޓް 90 ފޫޓް (4500 އަކަފޫޓް)އެވެ.

އިންނަމާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ބިޑް އުސޫލުން ކުލީބިން ހޯދަން އެދޭ ފަރާތްތަކުން، ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު، info@innamaadhoo.gov.mv އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ 7380052 އަށް ވައިބަރ ކުރުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

ބިޑްގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ވަގުތަކީ އަންނަ މަހުުގެ 10 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ.

ބިޑާއި ގުޅިގެން ފްރީ ބިޑް ބައްދަލުވުމެއް، ހަމަ އެ ދުވަހު އިންނަމާދޫ ކައުންސިލް އިދާރާގައި އޮންނާނެ ކަމަށް އެ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

ބިޑުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަކަށްވެސް ކުލީ ބިމުގެ މައުލޫމާތު ކަރުދާސް ހިއްސާކުރަން ހަމަޖެހިފައި ވާކަމަށް އިންނަމާދޫ ކައުންސިލުން ބުނެއެވެ.

ބިޑް ހުޅުވުން އޮންނާނީ ޖުލައި18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި އިންނަމާދޫ ކައުންސިލް އިދާރާގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ:

  • ކައުންސިލްގެ ނަންބަރު: 7380052 ، 6580052
  • ކައުންސިލް އެގްޒެކެޓިވް – އިމްރާން ޝަރީފް
  • ފޯން: 9122102
  • އީމެއިލް: info@innamaadhoo.gov.mv
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!