17 nov (1)

މިފްކޯއަށް ދޭ ސަބްސިޑީގެ ތެރެއިން އަހަރަކު 15 ވަރަކަށް މިލިއަން ޑޮލަރު ބިދޭސީންނަށް!

މަސްވެރިކަމުގައި ހަރަކާތްތެރިވާ ބިދޭސީން އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުކުރާ ކަން އެނގިއެއްޖެއެވެ.

"މަސްވެރިން އޮންލައިން" އަށް ލިބިފައިވާ ބައެއް ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި މަސްވެރިކަން ކުރާ ދޯނިތަކުގައި 1،000-1500 އެއްހާ ބިދޭސީން ހަރަކާތްތެރިވެއެވެ. އެއީ ކަޅުބިލަމަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންގެ ގާތްގަނޑަކަށް 30 ޕަސަންޓެވެ.

މިއަހަރުގެ މިހާތަނަށް މިފްކޯއިން ވަނީ މަސްވެެރިންނަށް ސަބްސިޑީގެ ގޮތުގައި 353 މިލިއަން ރުފިޔާ ދީފައެވެ. އެހެންކަމުން ސަބްސިޑީގެ ގޮތުގައި މި އަހަރު އެކަނިވެސް މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ބިދޭސީންނަށް ގާތްގަނޑަކަށް 94 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދީފައިވެއެވެ.

މިފްކޯގެ ސީއެފްއޯ، އިލްޔާސް ހަނީފް ވިދާޅުވި، ގޮތުގައި މިފްކޯއަށް ދައުލަތުން އަހަރެއްގެ މައްޗަށް ދޭ ސަބްސިޑީގެ ތެރެއިން، މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ބިދޭސީން އަހަރެއްގެ މައްޗަށް 10-15 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުކުރެއެވެ.

ރާއްޖޭގައި، މަސްވެރި ސިނާއަތުގައި 16،000 އެއްހާ މަސްވެރިން ހަރަކާތްތެރިވާއިރު، ކަޅުބިލަމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވަނީ 5،000 އެއްހާ މަސްވެެރިންނެވެ. ސަރުކާރުން ސަބްސިޑީ ދެނީ ކަޅުބިލަމަހުގެ މަސްވެރިންނަށް އެކަންޏެވެ.

ކަޅުބިލަމަސްވެރިކަމުގައި ގާތްގަނޑަކަށް 200 ދޯނި ހަރަކާތްތެރިވާއިރު، ކޮންމެ އެވްރެޖުކޮށް ކޮންމެ ދޯންޏެއްގައި 5-7 ބިދޭސީން އުޅެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!