މާލެ-
މާލެ-

ޒިނޭކުރި މާލޭ ދެ މީހެއްގެ ގައިގައި 100 އެތިފަހަރު ޖަހަން ހުކުމްކޮށްފި

ޒިނޭގެ ކުށް ސާބިތުވި ދެ މީހެއްގެ ގައިގައި ހައްދު ޖެހުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޒިނޭގެ ކުށް ސާބިތުވީ، ކ. މާލެ، ހ. ބެންކޮކް، މަރްޔަމް ހަނާ އާއި ކ. މާލެ، މ. ގްރީންފިޝް އަހްމަދު މާއިޝް މުހައްމަދުގެ މައްޗަށެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ ޝަރިއަތް ނިމުނު ކަމުގެ ރިޕޯޓު މައްސަލައިގެ ބާވަތާއި ހެދި ޝާއިއު ކޮށްފައެއް ނުވެއެވެ.

ޒިނާގެ ދައުވާ ސާބިތުވެ، ދައުވާ ލިބުނު ދެ މީހުންގެ މައްޗަށް ހުކުމް ކޮށްފައިވަނީ 100 އެތިފަހަރުން ޖަލްދު ކުރުމަށާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުމަށެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވެ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވަނީ ދޭވާނީއަކު ނެތުމުން ހައްދު ނުޖަހާތާ ދުވަސްކޮޅެއްވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ހައްދު ޖެހުމަކީ އެ ކޯޓުން ކުރާކަމެއް ނޫން ކަމަށް ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!