ޑިގްރީ އާއި ޕީއެޗްޑީ ހިމެނޭހެން 17 ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ފިޝަރީޒް މިނިސްޓްރީގެ ސްކޮލަޝިޕަށް ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި އެ ސްކޮލަޝިޕްތަކަކީ ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވާލި ފުރުސަތުތަކެއް ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، ޕީއެޗްޑީގެ އެއް ފުރުސަތާއި މާސްޓާސް ޑިގްރީގެ ދެ ފުރުސަތުގެ އިތުރުން ބެޗްލާސް ޑިގްރީގެ ހަތް ފުރުސަތެވެ.
ޕީއެޗްޑީއަށް ކިޔަވަން ހުޅުވާލާފައި ވަނީ، އެގްރިކަލްޗާ ދާއިރާއިން އެކަންޏެވެ.
ދާއިރާތައް:
- ސަސްޓެއިނަބްލް ސްޓަޑީސް
- ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް މެނޭޖްމަންޓް
- ޕްލާންޓް ޕްރޮޓެކްޝަން
- އެންޓޮމޮލޮޖީ
- ޕްލާންޓް ޕެތޮލޮޖީ
ބެޗްލާސް ޑިގްރީ
- ސާވޭއިން އެންޑް މެޕިން ސައިންސް
- އެގްރިކަލްޗަރަލް ސައިންސް
- ވެޓެރިނަރީ
- ޒޫލޮޖީ
- އެނިމަލް ސައިންސް
ހޯޓިކަލްޗަރަލް ސައިންސް
- މޭޖާ އިން ޕްލާންޓް ހެލްތް
- އެގްރިކަލްޗާ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ)
- އެގްރިކަލްޗާ އިކޮނޮމިކްސް
- ނެޗުރަލް ރިސޯސް މެނޭޖްމަންޓް
- ބެޗްލާ އޮފް އިކޮނޮމިކްސް
ސްކޮލަޝިޕްތަކަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.



