maldives_presidentsofficemalecity

އަންނަ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

ހިޖުރީ އާ އަހަރުގެ ފުރަތަމަ ދުވަސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު އެކްސްގައި ވިދާޅުވީ، ހިޖްރީ އާ އަހަރުގެ ފުރަތަމަ ދުވަސް ކަމުގައިވާ މުހައްރަމް މަހުގެ 1 ވަނަ ދުވަސް (މި މަހުގެ 7 ވަނަ ދުވަސް) ކުރިންވެސް ކަނޑައެޅިފައިވާ ގޮތަށް ބަންދުވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރޯދަ މަހުގެ ފަހު ދިހަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވެސް ހަމަޖައްސަވައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!