ކ.ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ދޫކުރަން ހުޅުވާލައިފިއެވެ.
އެޗްޑީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިލަފުށިން ބިން ކުއްޔަށް ނެގުމަށް ގިނަ ފަރާތްތަކުން ހުށަހަޅަމުން ދާ ކަމަށެވެ.
އެޗްޑީސީއިން ބުނީ އެ ކޯޕަރޭޝަނުން ބިމުގެ ޖާގަ ހުރި މިންވަރަށް ބަލައި، ތިލަފުށީ މާސްޓަރ ޕްލޭން އާއި އެ ކޯޕަރޭޝަންގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބިން ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އަދި ތިލަފުށިން ބިން ނެގުމަށް ޝައުގުވެރިކަން ހުރި އަމިއްލަ ފަރާތްތަކާއި، ދިވެހި ކުންފުނިތަކުން އެޗްޑީސީގެ މެއިލް (business@hdc.mv) އަށް ފޮނުވަމުން ގެންދިއުމަށް އެ ކޯޕަރޭޝަނުން އެދިފައިވެއެވެ. އިތުރު މައުލޫމާތު ހޯދުމަށް އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅުމަށްވެސް އެޗްޑީސީން ވަނީ އެދިފައެވެ.



