10 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ށ.ވަނގާރުން މާލެ ދަތުރުކުރި 75 ފޫޓުގެ "ނަސްފަރު" ނަމަކަށް ކިޔާ ދޯންޏެއް، ރޭ ދަންވަރު ނ.ލޯފަރު ފަރަށް އަރައި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.



