Masveringe Adu

މަސްވެރިންގެ ދަފްތަރުގެ މަސައްކަތް އަވަސްކުރުމަށް މިނިސްޓްރީގެ ޓީމުތައް އަތޮޅުތެޔެރަށް

މަސްވެރިންގެ ގައުމީ ދަފްތަރުގެ މަސައްކަތް އަވަސްކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ޓީމުތައް، މި ހަފްތާ ބަންދުގައި އަތޮޅުތެރެޔަށް ދާ ގޮތަށް ހަމަޖައްސައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްްގައި ބުނީ، މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެ މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ތެރެއިން މަސްވެރިންގެ ފުރިހަމަ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ކުރަމުން އަންނަ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން އެ މިނިސްޓްރީގެ ޓީމުތައް މި ހަފްތާ ބަންދުގައި އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ،

މަސްވެރިންގެ ދަފްތަރު، މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް އިފްތިތާހު ކޮށްދެއްވާފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެކަމަށްޓަކައި ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާއައި މަސްވެރިންގެ ދަފްތަރު އިފްތިތާހުކޮށްދެއްވައި މިނިސްޓަރު ޝިޔާމް ވިދާޅުވެފައިވަނީ، މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމަކީ، މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށް މަސްވެރިންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށެވެ.

މަސްވެރިންގެ ދަފްތަރު ޑައުންލޯޑް ކުރުމަށް Keyolhu App

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!