އިނގިރޭސިވިލާތުގެ ބީޗަކަށް 24 ފޫޓުގެ ބޮޑު މިޔަރެއް ލައްގައިފިއެވެ. މި މިޔަރު ފުރަތަމަ ފެނިފައިވަނީ މޫދުގެ ތިލަ ހިސާބުގައި އުޅޭ ތަނެވެ.
އަދި އޭތި ބީޗަށް ލައްގާފައި އޮތް އިރުވެސް އޭތި ދަތް އަޅާފާނެތީ އެޔާ ކައިރިވާކަށް މީހުންނަށް ނުކެރުނެވެ.
އެހެންނަމަވެސް ހަރަކާތެއް ނެތި ގިނަ ވަގުތުތަކެއް ހޭދަވުމުން މިޔަރު އޮތީ މަރުވެފައިކަން ޔަޤީންކުރެވުނެވެ.
ބީޗަށް ލައްގާފައިވަނީ ބޭސްކިން ޝާކެކެވެ. މިއީ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ބާވަތުގެ މަހެވެ. 24 ފޫޓުގެ މި ބޮޑު މިޔަރު ބީޗުން ނެގުން ވީ އުނދަގޫ ކަމަކަށެވެ.
އަދި މިޔަރު ބީޗުން ނަގާފައިވަނީ ފޯކް ލިފްޓެއް ބޭނުންކޮށްގެންނެވެ.
މި މިޔަރު މަރުވާން ދިމާވި ސަބަބެއް ނޭގެއެވެ. މިގޮތަށް މި ސައިޒުގެ މިޔަރު މަރުވެގެން ލެއްގުމަކީ އެ ސަރަހައްދުގެ މީހުންނަށް އާއްމުކަމެއް ނޫނެވެ.
އެހެންކަމުން މި މަސް ބަލާލުމަށްޓަކައި ގިނަ ބަޔަކު ބީޗަށް ގޮސްފައިވެއެވެ.



One Response
ދިވެހި ބަހުގައި ބީޗު ކިޔާ ލަފްޒެއް އޮންނަކަމެއް އެނގިފައެއް ނެތް. އޮންނަނީ ގޮނޑުދޮށް، އަތިރި، މޫދުކައިރި، ރާޅު ބީއްސާ ހިސާބު. ދިވެހިބަހަށް އިސްކަންދެއްވާ.