މަސްވެރިކަމުގެ އުފެންދުންތެރި މަސައްކަތްތަކަށް ތ.ވިލުފުށިން ބިން ކުއްޔަށް ދޫކުރުން ނިންމައިފިއެވެ.
ވިލުފުށި ކައުންސިލުން ބުނީ އެރަށުގެ ލޭންޑް ޔޫސް ޕްލޭންގެ 68.3 ސަރަހައްދުން މަސްވެރިކަމުގެ އުފެންދުންތެރި މަސައްކަތް ކުރުމަށް ބިންތަކެއް ދޫކުރުމަށް ބޭނުންވާ ކަމަށެވެ.
ބީލަން ކަރުދާސް 2024 ޖުލައި 08 ވާ ހޯމަ ދުވަހުގެ 09:00 ން ފެށިގެން 2024 ޖުލައި 16 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމައަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ކަރުދާހާއި ބީލަން ފޯމްގެ އަގަކީ -/50 (ފަންސާސް ރުފިޔާ) އެވެ.
ކައުންސިލުން ބުނީ މި އިޢުލާނާ ގުޅިގެން ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2024 ޖުލައި 23 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަގާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ގިނަ ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އެއްނަމެއްގައި އެއްބާވަތެއްގެ 2 ބިން ދޫނުކުރެވޭނެކަމަށް ކައުންސިލުން ބުނެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިމަށްއެދި ބީލަން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުމަށް ކައުންސިލުން އެދެއެވެ.




One Response
Adhi thankolheh avashen heevane..aan ehenna mihaaru dhookuran veethaa kon dhuvaheh