ރާއްޖެއިން މި އަހަރުގެ މޭ މަހުގެ ނިޔަލަށް މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47.5 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން މޭ މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 23،464.8 މެޓްރިކް ޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 44،730.1 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 21،266 މެޓްރިކް ޓަނު މަދު އަދަދެކެވެ.
މި އަހަރުގެ މަހުގެ އެކްސްޕޯޓް:
ޖެނުއަރީ: 4،475 މެޓްރިކް ޓަނު
ފެބްރުއަރީ: 6،051 މެޓްރިކް ޓަނު
މާޗް: 3،787 މެޓްރިކް ޓަނު
އެޕްރީލް: 4،746 މެޓްރިކް ޓަނު
މޭ: 4،404 މެޓްރިކް ޓަނު
ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ. އެގޮތުން މޭ މަހުގެ ނިޔަލަށް 14،985 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެއެވެ. އަދި އެ މުއްދަތުގައި 4،670 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓްކޮށްފައިވާއިރު، މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 3،050 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެ އެވެ.
އެ އަދަދުތައް މިއަހަރު މަދުވީ ރާއްޖޭގެ މަސްވެރިކަން މި އަހަރު ދަށްވުމުންނެވެ.




2 Responses
ގެއްލުންވާ އެއްޗެއް އެކްސްޕޯޓު ނުކުރެވުނަސް މައްސަލައެއްނޫނޭނޫން
މިހުން ވަނީ ގެއްލުން ދެން އެކްސްޕޯޓު ނުކުރެވުނަސް ރަނގަޅުތާ މަސް ވެރިންނަށް ދޭ ސަބުސިލޓީވެސް ކުޑަވާނެ ނޫން ކޮންމެ ފަހަރަކު ވެރިކަމަށް އަންނަން މަސްވެރިންނަށް އެތައް ވައުދެއްވެފާ ހިފަނީ މަސްވެރިންގެ ކަރުގައި 5އަހަރުނިމުނީމާވެސް މަސްވެރިން ކައރިޔަށް އަންނާާނެ ވޯޓުސަލާންޖަހަން