އަމިއްލަ ކުންފުންޏެއްގެ އޮފީހަކަށް ވަދެ، 1.5 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ފަސް މީހުންގެ ގްރޫޕެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މިދިޔަ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު ހިނގި މި ވައްްކަމުގެ ހާދިސާއާ ގުޅިގެން، ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން މިހާރު ބަންދުގައި ތިބީ ތިން މީހުން ކަމަށެވެ.
އެ މީހުން ވައްކަންކޮށްފައިވަނީ މާފަންނު ހަވީރީ ހިނގުމުގައި ހުންނަ އަލިހަވާ ބިލްޑިންގެ އަށް ވަނަ ފަންގިފިލާގައި ހުންނަ އަލިހަވާ ޓްރޭޑިން އިންނެވެ.
ފުލުހުން ވަނީ އެ ވައްކަމުގެ އެއްވެސް ފައިސާއެއް މިހާތަނަށް ރިކަވާ ކުރެވިފައިނުވާ ކަމަށްވެސް ބުނެފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.


