IMG_8547

ރިޔާސީ އިންތިހާބާ މަޖިލީސް އިންތިހާބު އެއްކޮށް ބާއްވަން ފެންނަ ނުފެންނަ ވޯޓެެއް ނަގަނީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.

ޕީއެންސީ ހައުސްގައި މިރޭ ބޭއްވި ޖަލްސާގައި ރައިސް ވިދާޅުވީ، އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބަށް 180 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް 120 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. މިއީ ވަކިވަކީން ކުރަން ބަލާއިރު ވަރަށް ބޮޑު ހަރަދެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިއީ ބަދަލު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ވާނީ ދެ އިންތިހާބު އެކުއެކީގައި ބޭއްވުން،" ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވައިފިނަމަ ދައުލަތުން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، އުންމީދަކީ 2028 ވަނަ އަހަރު ރިޔާސީ އިންތިހާބާއި 21 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީ ބޭއްވިގެން ދިއުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!