ގުޅި---
ގުޅި---

ގުޅީގެ ފުއްޓަރު ފަރާތު ފަރަށް މަސް ދޯންޏެއް އަރައިފި

ކ. ގުޅީގެ ފަރަށް އެ ރަށު މަސް ދޯންޏެއް އަރައިފިއެވެ.

އެނގިފައިވާ ގޮތުގައި، އެ ރަށު ފަރަށް މިދިޔަ ހޮނިހިރު ދުވަހު އެރީ އެ ރަށު މީހެއްގެ މަސް ދޯންޏެވެ.

އެ ރަށުން "މަސްވެރިންނަށް" މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެ ދޯނި އެެރީ ރަށުގެ ފުއްޓަރު ފަރާތު ފަރަށެވެ. އަދި އެ ދޯނި ފަރަށް އެރީ، ދޯނީގެ ފަޅުވެރިން ނިދާފައި ތިއްބައި ކަމަށްވެސް ބުންޏެވެ.

ގުޅީގެ ފަރަށް އެެރި ދޯނި އަދިވެސް ފުން ނުކުރެވެއެވެ. ނަމަވެސް ދޯނީގެ ވެރިފަރާތާއި ގުޅީގެ ރައްޔިތުން ގުޅިގެން އެ ދޯނި ފުންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!