ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް-- ފޮޓޯ: ދަ ޕްރެސް
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް-- ފޮޓޯ: ދަ ޕްރެސް

ބޮޑު ދެ އިންތިހާބު އެއްކޮށްލުމާއި މަޖިލީހާއި ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ ރައްޔިތުން އެންމެ އެދޭނެ ގޮތް: ޝިޔާމް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށް ބޭއްވުމާއި، މަޖިލީސް އަދި ކައުންސިލްތަކުގެ ސައިޒް ކުޑަ ކުރެއްވުމަކީ ރައްޔިތުން އެދޭ ގޮތް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހައުސްގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ހަރަދުކުޑަކުރުމުގެ ގޮތުން މަޖިލީހުގެ މެންބަރުންގެ އަދަދު 77 އަށް މަދުކުރުމަށާއި ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ބަދަލުތައް ގެނައުމަށް ގާނޫނަށް އިސްލާހުތަކެއް ހުށަހަޅުއްވާނެއެވެ.

ރައީސް ނިންމެވުންތަކާއި ގުޅިގެން ވަޒީރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމުގެ އިގްތިސޯދީ ހާލަތަށް ރިއާޔަތް ކުރައްވާ ރައީސް ޑރ. މުއިއްޒު ރޭ ނިންމެވީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ތާރީހީ ނިންމެވުންތަކެއް ކަމަށެވެ.

"ދެ އިންތިހާބު އެކު އެކީ ބޭއްވުމާއި، މަޖިލީސް އަދި ކައުންސިލްތަކުގެ ހަމަ ސައިޒް ކުރެއްވުމަކީ ރައްޔިތުން އެންމެ އެދޭނެ ގޮތް،" ޝިޔާމް ވިދާޅުވިއެވެ.

ރައީސް، ވިދާޅުވެފައިވާ ގޮތުގައި، އެ ނިންމެވުންތަކަކީ ރައްޔިތުންނަށް އެންމެ ފައިސާވާނެ ނިންމެވުންތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!