މަސްވެރިކަމާއި ގުޅޭ

Screenshot 2024-07-08 073224

މީހުންގެ އަމަލުތައް ހުރިގޮތުން ވެލާއަށް ޖެހުނީ ބިސް ނާޅާ އަނބުރާ މޫދަށް ދާން

ގިނަ ބަޔަކު ކެމެރާކޮށް، ވީޑިއޯކޮށް ހަދަމުން ދިޔުމުން، އެމެރިކާގެ އެލަބާމާގެ ބީޗަކަށް ބިސް އަޅަން އެރި ވެލާއެއް އަނބުރާ މޫދަށް ދިޔުމުން އެކަމާއި ގުޅޭގޮތުން އެލަބާމާގެ އިކޮލޮޖިކަލް ޑިޕާޓްމަންޓުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކަންބޮޑުވުން ފާޅުކޮށް އެލަބާމާގެ އިކޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ ހާއްސަ އިލްތިމާސެއް ނެރެފައެވެ. އޭގައިވާގޮތުން ވެލާ ބިސް އަޅަން ބީޗަށް އެރުމުން ގިނަ ބަޔަކު ފޯނުގެ ފްލެޝް ޖައްސައިގެން ފޮޓޯ ނަގާ ވީޑިއޯކޮށް ހަދަމުން ދިޔުމުން ވެލާ ވަނީ އަނބުރާ މޫދަށް ގޮސްފައިވާކަމަށެވެ.

އިކޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ ވެލާ ބިސް އަޅަން އެރުމުން ދެން އަމަލުތައް ބަހައްޓަންވީގޮތުގެ އިރުޝާދުތައް ދީފައެވެ. އެގޮތުން އޭތި ބިސް އަޅާއިރު ވީޑިއޯކޮށް ފޮޓޯ ނަގަން މަސައްކަތް ނުކުރުމަށް އެދިފައިވެއެވެ. އަދި ވެލާ ބޭނުންވަނީ ހަމަ ހިމޭން ކަމާއި އެކު ބިސް އެޅުމަށް ކަމަށްވުމުން އަޑުގަދަކޮށް އެއަށް އުނދަގޫވާ ގޮތަށް އަމަލުތައް ނުބެހެއްޓުމަށްވެސް ވަނީ އެދިފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!