Araamu-Holidays-and-Spa-1-1200x671

ދިއްފުށީގައި ޑައިވިންއަށް ދިޔަ މީހަކަށް މިޔަރެއް ހަމަލާ ދީފި

ކ. ދިއްފުށީގައި ޑައިވިންއަށް ދިޔަ މީހަކަށް މިޔަރެއް ހަމަލާ ދީފިއެވެ.

އެނގިފައިވާ ގޮތުގައި މިޔަރު ހަމަލާ ދީފައިވަނީ ދިއްފުށީ ކައިރީގައި އޮންނަ "ގަމަރު ގިރި" އަށް މިއަދު މެންދުރު ޑައިވްއަށް ދިޔަ އެ ރަށު މީހަކަށެވެ. އެ ގިރިއަކީ ހިމާޔަތްކޮށްފައިވާ ތަނެކެވެ.

އެ މީހާއަކީ ގެސްޓުން ގޮވައިގެން އެ ތަނަށް އާއްމުކޮށް ޑައިވްއަށް ގޮސް އުޅޭ މީހެކެވެ.

އެނގިފައިވާ ގޮތުގައި އެ މީހާގެ އަތުގެ މަސްގަނޑު ވަނީ ކަފައިގެން ގޮސްފައެވެ.

އެ މީހާ މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!